އިޢުލާން – އިންޝުއަރެންސް

July 4, 2021

 

އިޢުލާން 

އިންޝުއަރެންސް

ނަންބަރު: (IUL)427-OPR/1/2021/20

ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2021/17  (21 ޖޫން 2021) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.

ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 2021 އޮގަސްޓު 15 އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 14  ޖުލައި ވާ (ބުދަ) ދުވަހުގެ 9:30 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

24 ޛުލްޤައިދާ   1442

04   ޖުލައި    2021