އޭޝިޔާ މީޑިއާ ސަމިޓް 2017 ގައި ކޮމިޝަންގެ ރައީސް ބައިވެރިވެވަޑައިގެންފި

June 6, 2017

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ޗައިނާގެ ޗިންޑާއޯގައި ޖޫން 4- 8 އަށް ބާއްވާ އޭޝިޔާ މީޑިއާ ސަމިޓް 2017 އަދި ޕްރީ ސަމިޓް ވާރކްޝަޕްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ބައިވެރިވެވަޑައިގެންފިއެވެ.

އޭޝިޔާ މީޑިއާ ސަމިޓަކީ އޭ.އައި.ބީ.ޑީ މެންބަރޝިޕް އޮންނަ މުއައްސަސާތަކާއި ދުނިޔޭގެ ގިނަ ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ މާހިރުން އެއް ޕްލެޓްފޯމެއްގައި ބްރޯޑްކާސްޓް ސިނާއަތުގެ ތަރައްޤީއަށާއި މި ދާއިރާއާ ގުޅޭ އައު ޚިޔާލުތަކާއި ތަޖުރިބާ ހިއްސާކުރުމަށް ކޮންމެ އަހަރަކު އޭ.އައި.ބީ.ޑީން އިންތިޒާމްކޮށް ބާއްވާ ފޯރަމެކެވެ. މިގޮތުން މި އަހަރުގެ ފޯރަމްގެ ތީމަކީ ‘މީޑިއާ އޮން ދި ފްރޮންޓްލައިން އޮފް ގްލޯބަލް ޑިވެލޮޕްމަންޓް’ އެވެ.

ދުނިޔޭގެ 48 ޤައުމަކުން 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ސަމިޓް ފެށުމުގެ ކުރިން، އިއްޔެ އޮތް ޕްރީ ސަމިޓް ވާރކްޝޮޕް “ޑިޖިޓަލް ބްރޯޑްކާސްޓިންގ، ޕޮލިސީ އެންޑް ޓްރާންސިޝަން” ގައި ވެސް ކޮމިޝަންގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.