ފްރިކުއެންސީގެ ބީލަން ކާމިޔާބުކުރި ފަރާތްތައް އިޢުލާންކުރުން

June 3, 2012

ނޫސް ބަޔާން

 ފްރިކުއެންސީގެ ބީލަން ކާމިޔާބުކުރި ފަރާތްތައް އިޢުލާންކުރުން

      15 މާޗް 2012 ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބީލަމަށް ހުޅުވާލި 4 ރޭޑިއޯ ފްރިކުއެންސީ އާއި 3 ޓީވީ ފްރިކުއެންސީ އަށް 5 އޭޕްރިލް 2012 ގައި ބީލަން ހުށަހެޅުމުގެ ސުންގަނޑި ހަމަވިއިރު 9 ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ވެއެވެ. އެ ފަރާތްތަކަކީ:

ރޭޑިއޯ ފްރިކުއެންސީ

  1. އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެެޓް ލިމިޓެޑް
  2. ފާއަވޭ ހޮލިޑޭޒް ޕްރައިވެެޓް ލިމިޓެޑް
  3. ޕިކްޗަރލޭންޑް އެފް.އެމް ޕްރައިވެެޓް ލިމިޓެޑް
  4. އަސްނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޓީވީ ފްރިކުއެންސީ

  1. ޕިކްޗަރލޭންޑް އެފް.އެމް ޕްރައިވެެޓް ލިމިޓެޑް
  2. ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑް
  3. ނެކްސްޓް ޕްލޭން ޕްރައިވެޓް ލިމިޓެޑް
  4. އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެެޓް ލިމިޓެޑް
  5. ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެެޓް ލިމިޓެޑް

ހުށަހެޅުނު ބީލަންތައް އިވޭލުއޭޓްކުރުމަށްޓަކައި ކޮމިޝަނުން ބޭރުގެ 5 މެމްބަރުންނާއި ކޮމިޝަނުގެ އިދާރާގެ 2 މުވައްޒަފުން ހިމެނޭ ކޮމިޓީއެއް ކޮމިޝަނުން އެކުލަވާލެއްވިއެވެ. މި ކޮމިޓީއަށް މެމްބަރުން ޢައްޔަނުކުރީ އިޤްތިޞާދު، ވިޔަފާރި، މީޑިއާ، ބްރޯޑްކާސްޓް، ފަންނީ އަދި އިޖްތިމާޢީ ދާއިރާގެ ތަޖްރިބާއަށް ބަލައިފައެވެ. މި ކޮމިޓީގެ މެމްބަރުންނަކީީ:

  1. އަޙްމަދު އިނާޒް،  ގ. ޝީން (ޗެއަރ ޕަރސަން)
  2. ފާޠިމަތު ޝަފީޤާ، ވ. ސަހާ
  3. ޢަބްދުﷲ ޝިހާމް، މ. ކުނާވަށި
  4. މުޙައްމަދު ނަޒީފް، ގ. ގުލްޝަން ވިލާ
  5. ޢަލީ ޚާލިދު، މއ. އުރަހަ
  6. ނޫރާ ޢަލީ (ސެކްރެޓަރީ ޖެނެރަލް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން)
  7. މުޙައްމަދު ނާޞިޙު (ޑިރެކްޓަރ ޖެނެރަލް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން)

ކޮމިޝަނުން އެކުލަވާލި ކޮމިޓީއިން، ފްރިކުއެންސީ ދޫކުރުމުގެ ޤަވާއިދާއި ބީލަންފޮތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބީލަންތައް އިވޭލުއޭޓްކުރުމަށް ފަހު އެންމެ މަތީ މާކްސް ހޯދައިގެން ފްރިކުއެންސީ ކާމިޔާބު ކޮށްފައިވާ ފަރާތްތައް ތިރީގައި އެ ވަނީއެވެ.

ބާވަތް: ރޭޑިއޯ ފްރިކުއެންސީ (4 ފްރިކުއެންސީ)

ކުންފުނި

ޕޮއިންޓް

1.

އައިލަންޑް ބްރޯޑްކާސްޓިންގ ޕްރައިވެޓް ލިމިޓެޑް

819.70

2.

ޕިކްޗަރލޭންޑް އެފް.އެމް ޕްރައިވެޓް ލިމިޓެޑް

659.43

3.

އަސްނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

336.93

4.

ފާރަވޭ ހޮލިޑޭޒް ޕްރައިވެޓް ލިމިޓެޑް

239.55

ބާވަތް: ޓީވީ ފްރިކުއެންސީ (3 ފްރިކުއެންސީ)

ކުންފުނި

ޕޮއިންޓް

1.

ޕިކްޗަރލޭންޑް އެފް.އެމް ޕްރައިވެޓް ލިމިޓެޑް

717.52

2.

އައިލަންޑް ބްރޯޑްކާސްޓިންގ ޕްރައިވެޓް ލިމިޓެޑް

611.05

3.

ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

546.27

ފްރިކުއެންސީ ކާމިޔާބުކުރި ފަރާތްތަކަށް ޤަވައިދާ އެއްގޮތަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް އަވަސް ފުރުޞަތެއްގެ ތެރޭގައި ކޮމިޝަނުގެ ފަރާތުން ނިންމުމަށްފަހު އެ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނެއެވެ.

3 ޖޫން 2012