ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން

April 14, 2012

ނޫސް ބަޔާން

   ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ހުޅުމާލޭގައި މިރޭ އިރާކޮޅު ބަޔަކު ހަމަލާދީ އެ ތަނުން އެކަކު ޒަހަމްކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިއީ ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ފިނޑި އަމަލެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.

   ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް މި ދިން ހަމަލާ ތަހްގީގުކޮށް، މިކަން ކުރި ބަޔަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ.

14 އެޕްރީލް 2012