ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، އެފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި

February 10, 2019

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، އެފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލަރގެ މުހިންމު ބައިތަކެވެ.

“5 ޖަނަވަރީ 2019 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގައި، އެ ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތިރީގައިވާ ކަންކަން ފުރިހަމަކުރުން ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.

  1. ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ގެ (ށ) ގައި ބަޔާންކޮށްފައިވާ ހިއްސާދާރުންގެ މަޢުލޫމާތު އަންގައިދޭ، ކަމާބެހޭ އިދާރާގެ ލިޔުން؛
  2. ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ‘ޖަވާބުދާރީވާނެ ފަރާތުގެ މަޢުލޫމާތު’؛
  3. ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބްރޯޑްކާސްޓްގެ ޚިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިއްސާ ބަދަލުކޮށްފައިވާނަމަ، އެ ބަދަލެއްގެ ތަފުސީލު؛

ވީމާ ހުރިހާ ބްރޯޑްކާސްޓަރުން ވެސް މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.”