ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ކޮމިޝަނުން އިތުރުކޮށްފި

March 23, 2017

ބްރޯޑްކާސްޓަރުންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ، 2017 މާރޗް 30 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ލައިސަންސްދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ސަރކިއުލަރއަކުންވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ މީގެކުރިން އަންގާފައެވެ.