ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް ޢާއްމުކޮށް ހުޅުވާލައިފި

February 16, 2017

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް އިސްލާހުކުރުމުގެ މަސައްކަތް ނިމިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީއަށް އާއްމުންގެ ޚިޔާލު ހޯދުމަށް، އެފުރުސަތު ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ އިޢުލާނުގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 މާރިޗު 2017ގެ 15:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް ކޮމިޝަނުގެ އީމެއިލް: info@broadcom.org.mv އަށް ފޮނުވުމަށެވެ.

އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމާއި، އެ ގަވާއިދު ގެ އިސްލާހު އަވަސް ފުރުސަތެއްގައި ނިންމުމަށްފަހު ކޮމެންޓްކުރުމަށް ފުރުޞަތު ހުޅުވާލާނެކަމަށްވެސް ކޮމިޝަނުގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.