ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފި

February 18, 2018

 

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމުގެ އާއްމު ޝަރުތެއްކަމުގައިވާ، ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް  ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން އަންނަނިވި ބައިތައް ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓުގައި ހިމަނައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

  1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން؛
  2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު؛
  3. ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް؛
  4. ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު ނިސްބަތް؛
  5. ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓް/ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)؛
  6. ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް؛
  7. ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލް ކުރެވިފައިވާ މިންވަރު؛
  8. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް؛

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިނުވާ ފަރާތްތަކުން، 28 ފެބްރުއަރީ  2018 ވާ (ބުދަ) ދުވަހުގެ 15:00 ގެ ކުރިން ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2017ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ހުށަހެޅުމަށް ސަރކިއުލަރއެއް މެދުވެރިކޮށްވެސް ވަނީ ބްރޯޑްކާސްޓަރުންނަށް އަންގާފައެވެ.