ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ އެއްދުވަހުގެ މުސާރަ ރޮހިންގާ މުސްލިމުންނަށް ހަދިޔާ ކުރަން ނިންމައިފި

September 19, 2017

މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރަން ނިންމައިފިއެވެ.

ކޮމިޝަންގެ މި ނިންމުމާ ގުޅިގެން، ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ކޮމިޝަންގެ މުވައްޒަފުންވެސް ފައިސާ ހަދިޔާކުރުމަށް ކޮމިޝަންގައި ވަނީ ފަންޑެއް ހުޅުވާފައެވެ.

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަނިޔާ ލިބެމުންދާ ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ދައުލަތާއި ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ އިތުރުން އާއްމު އެކި ފަރާތްތަކުންވެސް އެކި އެކި ހަރަކާތްތައް ވަނީ ހިންގާފައެވެ.