ބްރޯޑްކާސްޓް އެއްބަސްވުމުގައި ސޮއިކުރުމާބެހޭ

June 9, 2011

ނަންބަރު:427- CIR/2011/03

ސަރކިއުލަރ

ބްރޯޑްކާސްޓް އެއްބަސްވުމުގައި ސޮއިކުރުމާބެހޭ

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު 2010/16 ގެ ދަށުން 4 އޭޕްރީލް 2011 ގައި ކޮމިޝަން އުފެދި، ކޮމިޝަނުން މިގެންދަނީ ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތާއި ކޭބަލް ޓީވީ ޚިދުމަތް ދިނުމުގެ މަސައްކަތްތައް ރެގިއުލޭޓް ކުރަމުންނެވެ.

 ވީމާ، ބްރޯޑްކާސްޓް ލައިސަންސް ދިނުމުގެ އެއްބަސްވުމުގައި މިއަދުން ފެށިގެން ސޮއިކުރާނީ ޑިޕާޓްޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ބަދަލުގައި މި ކޮމިޝަނުން ކަމުގައި ބްރޯޑްކާސްޓް ކުރައްވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

07 ރަޖަބް  1432

09  ޖޫން   2011