ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2020)

February 18, 2020

ޝަކުވާ ނަމްބަރު: CAC-01/2020

ޝަކުވާ ހުށަހެޅި ތާރީޙް: 13 ޖަނަވަރީ 2020

ހުލާސާ: މިއީ، މިފަހަކަށް އައިސް ޗެނަލް 13 އިން ޕީ.އެސް.އެމް އާ ގުޅޭގޮތުން ޙަޤީޤަތާ ޙިލާފް ވާހަކަތައް ފަތުރަމުންދާކަމާއި އެ ގޮތުން 04 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ އދ.މަހިބަދޫ އިން ގެނެސްދިން ‘މަޑިސީލަ’ ޕްރޮގްރާމް އަދި 21 ޑިސެންބަރު 2019 ދުވަހުގެ ރޭގެ ‘މަޑިސީލަ’ ޕްރޮގްރާމްގައި ފީ.އެސް.އެމްގެ މުވައްޒަފުންނާ ބެހޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތައް ދައްކާފައިވާތީއާއި ޕީ.އެސް.އެމްގެ ސިޔާސަތުތައް އޮޅޭގޮތަށާއި އާންމުންގެ ތެރޭގައި ނަފްރަތު އުފެދޭގޮތަށް ދީނީ ޕްރޮގްރާމްތައް އުފެއްދުން ހުއްޓާލިކަމަށާ އަދި ލިޔެކިޔުމުން މިކަން ހުއްޓާލަން އަންގާފައިވާކަމަށް ދައްކަމުން ދާ ވާހަކައަކީ، ނަފްރަތު އުފެއްދުމަށް ރާވައިގެން ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ޝަކުވާ ހުށަހެޅި ފަރާތުން  ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މިފަހަކަށް އައިސް ޗެނަލް 13 އިން ޕީ.އެސް.އެމް އާ ގުޅޭގޮތުން ޙަޤީޤަތާ ޙިލާފް ވާހަކަތައް ފަތުރަމުންދާކަމާއި އެ ގޮތުން 04 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ އދ.މަހިބަދޫ އިން ގެނެސްދިން ‘މަޑިސީލަ’ ޕްރޮގްރާމް އަދި 21 ޑިސެންބަރު 2019 ދުވަހުގެ ރޭގެ ޕްރޮގްރާމްގައި ފީ.އެސް.އެމްގެ މުވައްޒަފުންނާ ބެހޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތައް ދައްކާފައިވާތީއާއި ޕީ.އެސް.އެމްގެ ސިޔާސަތުތައް އޮޅޭގޮތަށާއި އާންމުންގެ ތެރޭގައި ނަފްރަތު އުފެދޭގޮތަށް ދީނީ ޕްރޮގްރާމްތައް އުފެއްދުން ހުއްޓާލިކަމަށާ އަދި ލިޔެކިޔުމުން މިކަން ހުއްޓާލަން އަންގާފައިވާކަމަށް ދައްކަމުން ދާ ވާހަކައަކީ، ނަފްރަތު އުފެއްދުމަށް ރާވައިގެން ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި،

ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ހަވަނަ މާއްދާގެ ދަށުން ލިބިދޭ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރުސަތު މި މައްސަލައިގައި ޝާމިލުވާ ދެފަރާތަށް ދިނުމުގެ ގޮތުން 10 ފެބްރުވަރީ 2020 ގައި ކޮމިޝަންގައި ބައްދަލުވުމެއް ބާއްވާ މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުސަތުގައި، މައްސަލަ ރައްދުވާ ފަރާތުން މާފަށް އެދުމުން މައްސަލަ ހުށަހެޅިފަރާތުން އެކަން ޤަބޫލުކޮށް، އަދި މަޢުލޫމާތެއް ލިބިއްޖެ ނަމަ އެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް އެފަރާތަށް ގުޅުމަށް މައްސަލަ ހުށަހެޅިފަރާތުން އެދި އަދި މައްސަލަ ރައްދުވާ ފަރާތުން އެކަމަށް އެއްބަސްވެފައިވާތީ މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވިދާޅުވެފައިވާތީ، މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލުވެފައިވާކަމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޕެނަލުން ނިންމާފައިވާ ނިންމުމާއެއްގޮތަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

18 ފެބްރުވަރީ 2020