ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2014)

February 11, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2014)

ޝަކުވާ ނަމްބަރު: CAC-2/2014

ޝަކުވާ ހުށެހެޅި ތާރީޙް: 04 ފެބްރުވަރީ 2014

ހުލާސާ: މިއީ، ޝަކުވާ ހުށަހެޅިފަރާތަށް ނިސްބަތްކޮށް ކޮންމެވެސް ބަޔަކު ފޮނުވި ހަޑިހުތުރު ވާހަކަ ހިމެނޭ މެސެޖްތައް އެއްވެސް ވަރަކަށް ފިލްޓަރނުކޮށް ޗެނަލް 13 އިން 02 ފެބްރުވަރީ 2014ވަނަ ދުވަހުގެ 23:00 ން 24:00 އަށް އޮންއެއަރ ކޮށް ކިޔަމުންދިޔަކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޝަކުވާ ފޯމުގެ މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަކުވާ ހުށަހަޅާފައިވާ ފަރާތަށް ނިސްބަތްކޮށް އެއްވެސް ކޮންޓެންޓެއް ޗެނަލް 13އިން ގެނެސްދީފައި ނުވާތީ، މި މައްސަލައަކީ އަސްލެއް ނެތް މައްސަލައެއްކަމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުން ނިންމެވި.

11 ފެބްރުއަރީ 2014