ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-03/2019)

October 10, 2019

ޝަކުވާ ނަންބަރު: CAC-03/2019

ޝަކުވާ ހުށަހެޅި ތާރީޙް: 27 މޭ 2019

ހުލާސާ: މިއީ، ލައިސަންސްނެތި ހއ. ފިއްލަދޫ ފެހިވިދުވަރުގޭގައި ވީޑިއޯ ސެންޑަރެއް ބަހައްޓައިގެން ހުރިހާ ޓީވީ ޗެނަލްތަކެއް ރަށުގެ އެހެނިހެން ގޭގެތަކަށް ފޮނުވަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

 

ނިންމި ގޮތް: ލައިސަންސްނެތި ހއ. ފިއްލަދޫ ފެހިވިދުވަރުގޭގައި ވީޑިއޯ ސެންޑަރެއް ބަހައްޓައިގެން ހުރިހާ ޓީވީ ޗެނަލްތަކެއް ރަށުގެ އެހެނިހެން ގޭގެތަކަށް ފޮނުވަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މި މައްސަލައާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޢަބްދުﷲ ފިރާޤު (ފެހިވިދުވަރުގެ/ ހއ. ފިއްލަދޫ) އަށް މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ޢަބްދުﷲ ފިރާޤު ފޮނުވި ސިޓީއަށް ރިޢާޔަތްކުރާއިރު، އެ ފަރާތުން ހއ. ފިއްލަދޫގައި ރީބްރޯޑްކާސްޓްކުރުން (ކޭބަލް ޓީވީ) ގެ އެއްވެސް ޚިދުމަތެއް ނުދޭ ކަމަށް ބަޔާންކޮށްފައިވާތީ އާއި؛

ހއ. ފިއްލަދޫ/ ފެހިވިދުވަރު ގޭގައި ލޯކަލް ޗެނަލްތައް ބެލުމަށް ޑިޝް އެންޓަނާއެއް ހަރުކޮށްފައިވާކަމަށާއި، ނަމަވެސް ޑީކޯޑަރ ނުވަތަ ވީޑިއޯ ސެންޑަރ ބޭނުންކޮށްގެންވެސް ޗެނަލްތައް ދުރަށް ފޮނުވަމުންދާކަން އެނގެން ނެތް ކަމަށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ދީފައިވާތީ؛

ޢަބްދުﷲ ފިރާޤު (ފެހިވިދުވަރުގެ/ ހއ. ފިއްލަދޫ)  ގެ ފަރާތުން ހއ. ފިއްލަދޫގައި ރީބްރޯޑްކާސްޓްކުރުން (ކޭބަލް ޓީވީ) ގެ ޚިދުމަތް ދެމުންދާކަން ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގެންނެތަތީ، ޢަބްދުﷲ ފިރާޤު (ފެހިވިދުވަރުގެ/
ހއ. ފިއްލަދޫ) ޤާނޫނާއި ގަވާއިދާ ޚިލާފަށް ހއ. ފިއްލަދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

30 ސެޕްޓެންބަރު 2019