ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-08/2020)

March 11, 2020

ޝަކުވާ ނަމްބަރު: CAC-08/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް އިން ރ.އަލިފުށީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް އިން ރ.އަލިފުށީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި،

ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ހަވަނަ މާއްދާގެ ދަށުން ލިބިދޭ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރުސަތު މި މައްސަލައިގައި ޝާމިލުވާ ދެފަރާތަށް ދިނުމުގެ ގޮތުން 03 މާރިޗް 2020 ގައި ކޮމިޝަންގައި ބައްދަލުވުމެއް ބާއްވާ މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުސަތުގައި، މައްސަލަ ރައްދުވާ ފަރާތުން ރ.އަލިފުށީގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރައިޓްސް ނެތް ޗެނަލް ހިމަނާފައިވާނަމަ  ވަގުތުން ހުއްޓާލަން އަންގާނެކަމަށާއި މައްސަލަ ހުށަހެޅިފަރާތާއި އެކު ގުޅިގެން ކުރިއަށް ދިއުމުގެ ވިސްނުން ހުރިކަން ފާޅުކޮށް އަދި މައްސަލަ ހުށަހެޅި ފަރާތުން އެކަން ޤަބޫލުކޮށް، އެހުށަހެޅުމަށް ރިއާޔަތް ކުރާނެކަމަށާއި، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް އަމަލީ ސިފައެއް ޖެހެން ބޭނުންވާކަމަށް ބުނެ، މިހާރު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ނިންމާފައިވާތީ މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލުވެފައިވާ ކަމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޕެނަލުން ނިންމާފައިވާ ނިންމުމާއެއްގޮތަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

10 މާރިޗް 2020