ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-08/2017)

November 8, 2017

ޝަކުވާ ނަންބަރު: CAC-08/2017

ޝަކުވާ ހުށަހެޅި ތާރީޙް: 21 މޭ 2017

ހުލާސާ: މިއީ، ރ. މީދޫ ފައިން މީޑިއާއިން ޑީކޯޑަރު ބަހައްޓަންކަމަށް ބުނެ ރަށުގެ ހުރިހާ ހިސާބަކުން ޓީވީގެ ޚިދުމަތް ކަނޑާލާފައިވުމާއި، މިކަމަށް އެއްވެސް މުއްދަތެއްނުދީ މިކަން ކުރުމުން ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން  ރ. މީދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތުން ޑީކޯޑަރު ބަހައްޓަންކަމަށް ބުނެ، ރަށުގެ ހުރިހާ ހިސާބަކުން ޓީވީގެ ޚިދުމަތް ކަނޑާލާފައިވުމާއި، އެއްވެސް މުއްދަތެއް ނުދީ މި ކަން ކުރުމުން ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެ 21 މޭ 2017 ގައި ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދަންނަވައި ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/185 (24 މޭ 2017) ސިޓީގެ ޖަވާބުގައި 27 މެއި 2017 ގައި ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ސިޓީގައި ފައިން މީޑިއާ / ފަރެސް އިން ރ. މީދޫ ގައި ދޫކުރަމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން ޑިޖިޓަލް ސިގްނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި، 7 މޭ 2017 އިން ފެށިގެން ކޭބަލް ޓީވީގެ ޚިދުމަތް ލިބޭނީ ޑީކޯޑަރު މެދުވެރިކޮށް ކަމަށާއި، އެ މުއްދަތުގެ ކުރިން ޑިކޯޑަރު ނަންގަވައި ނިންމެވުމަށް 6 އޭޕްރީލް 2017 ގައި ކޭބަލް ޓީވީގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިޔުމަކުން ދަންނަވާފައިވާނެކަމުގައި ބަޔާންކޮށްފައިވާތީ؛

އެ ލިޔުމުގެ ކޮޕީއެއް ކޮމިޝަނަށް ފޮނުއްވައިދެއްވުން އެދި ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/187 (01 ޖޫން 2017) ސިޓީގެ ޖަވާބުގައި، 12 ޖޫން 2017 ގައި ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ސިޓީއާއެކު އެ ފަރާތުން ކޭބަލް ޓީވީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް 06 އޭޕްރީލް 2017 ގައި ފޮނުވި ލިޔުމުގެ ކޮޕީ ކޮމިޝަނަށް ހުށަހަޅައިފައިވާކަމާއި، އެ ލިޔުމުގައި ފައިން މީޑިއާގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޑިޖިޓަލް ސިގްނަލް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، މި ޚިދުމަތް ގޭގެއަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޑިކޯޑަރު މެދުވެރިކޮށް ކަމާއި، ޑިޖިޓަލް ޚިދުމަތް ދޫކުރަން ފަށާނީ 7 މެއި 2017 ގައިކަމުގައި ބަޔާންކޮށްފައިވާތީއާ؛

ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ރ. މީދޫގެ ގޭގެއަށް ފޮނުވާފައިވާ ލިޔުމުގައި ފައިން މީޑިއާގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޑިޖިޓަލް ސިގްނަލް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، މި ޚިދުމަތް ގޭގެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޑިކޯޑަރު މެދުވެރިކޮށް ކަމާއި، ޑިޖިޓަލް ޚިދުމަތް ދޫކުރަން ފަށާނީ 7 މެއި 2017 ގައި ކަމުގައި ބަޔާންކޮށްފައިވާކަމަށް މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ ނަންބަރު (MSG)310/427/2017/1 (13 ޖޫން 2017) މެސެޖުގައި ވެސް ބަޔާންކޮށްފައިވާތީ؛

ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ޚިދުމަތް މެދުކަނޑާލުމުގެ 7 (ހަތެއް) ދުވަސް ކުރިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޢާންމުކޮށް އަންގާފައިވާކަން ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދީފައިވީ ނަމަވެސް؛

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް މެދުކަނޑާލުމުގެ 15 (ފަނަރަ) ދުވަސް ކުރިން ޚިދުމަތް މެދުކަނޑާލަންޖެހޭ ތާރީޚާއި، ސަބަބާއި، އަލުން ޚިދުމަތް ފަށާނެ ތާރީޚު ކޮމިޝަނަށް ހުށަހަޅައި ހުއްދަ ހޯދާފައިނުވާކަން ކޮމިޝަނުގެ ތަޙްޤީޤަށް ސާބިތުވާތީ، މިއީ، ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ޚިލާފުވުން ކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ )ހ( ގެ 4 ވަނަ ނަންބަރުގެ ދަށުން، އެ ކަން ތަކުރާރުވިޔަ ނުދިނުމަށް ފައިންޑް ޕްރޮފިޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ ނަސޭހަތްތެރިވުމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

29 އޮކްޓޫބަރު 2017