ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2019)

October 10, 2019

ޝަކުވާ ނަންބަރު: CAC-10/2019

ޝަކުވާ ހުށަހެޅި ތާރީޙް: 12 ޖޫން 2019

ހުލާސާ: މިއީ، ހއ. ވަށަފަރުގައި ކޭބަލް ޓީވީގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ނުވަތަ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ކަމަށާއި، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ޚިދުމަތް ދިނުމުގެ އެއްވެސް ހުއްދައެއްނެތް ކަމަށާއި، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ހުރިހާ ޗެނަލެއްވެސް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ދެމުންދާ ޚިދުމަތުގައި ފެންނަކަމަށް ބުނެ، މިކަން ހައްލުކޮށް ދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ހއ. ވަށަފަރުގައި ކޭބަލް ޓީވީގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ނުވަތަ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ކަމަށާއި، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ޚިދުމަތް ދިނުމުގެ އެއްވެސް ހުއްދައެއްނެތް ކަމަށާއި، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ހުރިހާ ޗެނަލެއްވެސް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ދެމުންދާ ޚިދުމަތުގައި ފެންނަކަމަށް ބުނެ، މިކަން ހައްލުކޮށް ދިނުމަށް އެދި ހުށަހަޅައިފައިވާ މި ޝަކުވާއާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވީކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއަށް ރިޢާޔަތްކުރާއިރު، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ.ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުން (ކޭބަލް ޓީވީ) ގެ ޚިދުމަތް ދެމުންނުދާކަމަށާއި، އެކުންފުނިން
ހއ. ވަށަފަރުގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމަށާއި، ހއ. ވަށަފަރުގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށްޓަކައި މެމަރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއް ޤާއިމްކޮށްފައި ވީނަމަވެސް، ޢަމަލީ މަސައްކަތް ފެއްޓިފައިނުވާ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް؛

ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަކީ ހއ.ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުން (ކޭބަލް ޓީވީ) ގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން މިހާތަނަށް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ނޫންކަމާއި؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އިން ހއ. ވަށަފަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި 3 (ތިނެއް) ޕެކޭޖް (ސިލްވަރ ޕެކޭޖު: 150ރ (އެއް ސަތޭކަ ފަންސާސް ރުފިޔާ)، ގޯލްޑް ޕެކޭޖު: 250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އަދި ސްޓާރ ގޯލްޑް ޕެކޭޖް: 350ރ (ތިން ސަތޭކަ ފަންސާސް ރުފިޔާ)) ގެ ޗެނަލްތައް ހިމެނޭގޮތަށް 17 (ސަތާރަ) ޗެނަލެއް ބޭނުންކޮށްގެން ޚިދުމަތް ދެމުންދާކަމަށާއި، ޚިދުމަތްދެމުންދަނީ ޑީކޯޑަރ މެދުވެރިކޮށް ކަމަށާއި، ޑީކޯޑަރ އަގުތަކަކީ އައު ޑީކޯޑަރ 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) އަދި ބައު ޑީކޯޑަރ 800ރ (އަށް ސަތޭކަ ރުފިޔާ) އަށް ކަމަށް ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މި ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ އާއި،

ހއ. ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ނެތްކަމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން މި ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) މަގުން 17 (ސަތާރަ) ޗެނަލަށް، 34,000ރ (ތިރީސް ހަތަރު ހާސް ރުފިޔާ) އިން ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ހއ. ވަށަފަރުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 17 (ސަތާރަ) ޗެނަލް ރީބްރޯޑްކާސްޓްކުރަމުން ދިޔަކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން މަގުން 17 (ސަތާރަ) ޗެނަލަށް، 34,000ރ (ތިރީސް ހަތަރު ހާސް ރުފިޔާ) އިން ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ހއ. ވަށަފަރުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ތަފާތު 3 (ތިނެއް) ޕެކޭޖް (ސިލްވަރ ޕެކޭޖު: 150ރ (އެއް ސަތޭކަ ފަންސާސް ރުފިޔާ)، ގޯލްޑް ޕެކޭޖު: 250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އަދި ސްޓާރ ގޯލްޑް ޕެކޭޖް: 350ރ (ތިން ސަތޭކަ ފަންސާސް ރުފިޔާ)) ވިއްކަމުން ދާކަމާއި، ޑީކޯޑަރު ތަފާތު ދެ އަގަކަށް (އައު ޑީކޯޑަރ 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) އަދި ބައު ޑީކޯޑަރ 800ރ (އަށް ސަތޭކަ ރުފިޔާ)) ވިއްކަމުން ދިޔަކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ، ކޮންމެ ފަހަރަކަށް 2,000ރ (ދެ ހާސް ރުފިޔާ) ގެ ރޭޓުން 5 (ފަހެއް) ފަހަރަށް 10,000ރ (ދިހަ ހާސް ރުފިޔާ) އިން ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 78,000ރ (ހަތްދިހަ އަށް ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ހއ. ވަށަފަރުގައި ލައިސަންސްނެތި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1 މުންނާރު ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
2 ރާއްޖެ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
3 ޓީ.ވީ.އެމް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
4 ޔެސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
5 ސައުދީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
6 ޕީސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
7 ސްޓާރ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
8 ސްޓާރ މޫވީސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
9 ސްޓާރ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
10 ޕޯގޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
11 ސޮނީ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
12 ޒީ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
13 ޒީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
14 ނެޝަނަލް ޖިއޮގްރަފިކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
15 ޓީ.ވީ.އެމް އެޗް ޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
16 އެނިމަލް ޕްލެނެޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
17 ޗެނަލް އައި ބަނގްލާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 2,000ރ (ދެ ހާސް ރުފިޔާ)
18 މުންނާރު ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
19 ރާއްޖެ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
20 ޓީ.ވީ.އެމް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
21 ޔެސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
22 ސައުދީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
23 ޕީސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
24 ސްޓާރ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
25 ސްޓާރ މޫވީސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
26 ސްޓާރ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
27 ޕޯގޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
28 ސޮނީ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
29 ޒީ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
30 ޒީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
31 ނެޝަނަލް ޖިއޮގްރަފިކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
32 ޓީ.ވީ.އެމް އެޗް ޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
33 އެނިމަލް ޕްލެނެޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
34 ޗެނަލް އައި ބަނގްލާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 6 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،(ބައު ޑިކޯޑަރު) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،( އައު ޑިކޯޑަރު) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،(ސިލްވަރ ޕެކޭޖް) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،(ގޯލްޑް ޕެކޭޖް) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނަގާފައިވާތީ،( ސްޓާރ ގޯލްޑް ޕެކޭޖް) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   78,000ރ (ހަތްދިހަ އަށް ހާސް ރުފިޔާ)

 

23 ސެޕްޓެންބަރު 2019