ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2020)

November 26, 2020

ޝަކުވާ ނަމްބަރު: CAC-10/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ހދ. ނޮޅިވަރަމްގައި ދޭކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ. ނޮޅިވަރަމްގައި ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ދޭކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި؛

މައްސަލައަށް ޖަވާބުދާރީވެ ޣަފޫރު ކެވެލި ކޭބަލް ނެޓްވޯކްގެ ފަރާތުން ފޮނުވި ސިޓީގައި، އެ ފަރާތުން ހދ.ނޮޅިވަރަމްގައި ރީބްރޯޑްކާސްޓް ކުރުން (ކޭބަލް ޓީވީ) ގެ ޚިދުމަތް އެއްވެސް އިރެއްގައި ދީފައި ނުވާނެކަން ބަޔާންކޮށް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާއިން ޣަފޫރު ކެވެލި ކޭބަލް ނެޓަށް، އެ ފަރާތުން ހދ.ނޮޅިވަރަމްގައި ކޭބަލްޓީވީގެ ޚިދުމަތް ދީފައިވާކަން ކައުންސިލަށް އެނގިފައި ނުވާކަމަށް ބަޔާންކޮށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ކޮމިޝަނަށް ހުށަހަޅައިފައިވާތީ އާއި؛

ޣަފޫރުކެވެލި ކޭބަލް ނެޓްއަކީ ހދ. ނޮޅިވަރަމްގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުންދާ ފަރާތެއް ނޫންކަމަށާއި، މީގެ ކުރިންވެސް ހދ.ނޮޅިވަރަމްގައި ޣަފޫރު ކެވެލި ކޭބަލްނެޓްގެ ނަމުގައި އެއްވެސް ފަރާތަކުން ޚިދުމަތް ދީފައި ނުވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލް އިދާރާއިން މަޢުލޫމާތުދީފައިވާތީ؛

ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ހދ. ނޮޅިވަރަމްގައި ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑްގެ “ޣަފޫރު ކެވެލި ކޭބަލް ނެޓް” ކިޔާ ފަރާތަކުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން ނެތަތީ، ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ހދ. ނޮޅިވަރަމްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ބެލޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

05 ނޮވެންބަރު 2020