ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2019)

October 2, 2019

ޝަކުވާ ނަންބަރު: CAC-12/2019

ޝަކުވާ ހުށަހެޅި ތާރީޙް: 24 ޖަނަވަރީ 2019

ހުލާސާ: މިއީ، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިވެހިރާއްޖޭގައި ދެއްކުމުގެ ހުއްދަ ދެވިފައިވާ ހަމައެކަނި ފަރާތަކީ އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުކަމަށް ބުނެ، މި މުބާރާތް ދެއްކުމުގެ ރައިޓްސް ނެތި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން ޅ.ނައިފަރުގައި މި މުބާރާތް ދައްކާ މައްސަލަ ބަލައި މިކަމުގެ ސަބަބުން އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބެމުންދާ މާލީ ގެއްލުން ހުއްޓުވުމަށްޓަކައި ވީހާ އަވަހަކަށް އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން މި މުބާރާތް ދެއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިވެހިރާއްޖޭގައި ދެއްކުމުގެ ހުއްދަ ދެވިފައިވާ ހަމައެކަނި ފަރާތަކީ އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުކަމަށް ބުނެ، މި މުބާރާތް ދެއްކުމުގެ ރައިޓްސް ނެތި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން ޅ.ނައިފަރުގައި މި މުބާރާތް ދައްކާ މައްސަލަ ބަލައި މިކަމުގެ ސަބަބުން އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބެމުންދާ މާލީ ގެއްލުން ހުއްޓުވުމަށްޓަކައި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން މި މުބާރާތް ދެއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި ޝަކުވާ އާ ގުޅިގެން ކޮމިޝަނުން ބެލި ބެލުމުގައި ހުށަހަޅާފައިވާ ޝަކުވާ ފޯމު ފުރިހަމަ ނުވާތީ، އެކަން އިސްލާޙްކުރުމަށްޓަކައި މައްސަލަ ހުށަހެޅި ފަރާތަށް ގުޅުމުން އެފަރާތުން ކޮމިޝަނަށް ޙާޝިރުވެ ފޯމް އިސްލާޙްކޮށްފައިވަނީ މުބާރާތް ނިމިފައިވަނިކޮށް ކަމަށްވާތީއާ، މައްސަލައިގެ ކޮންޓެންޓް (ރީބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް) އަކީ ރައްކާކުރެވިފައި ހުންނަ އެއްޗަކަށް ނުވާތީއާއި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކޮންޓެންޓް ރައްކާކުރުމަށް ޤާނޫނު ނަންބަރު 16/2010 (ބްޜޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އިން ލާޒީމް ނުކުރާތީ، މި މައްސަލައިގެ ކޮންޓެންޓް ބެލޭނެ ގޮތެއް މިހާރު ނެތަތީ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެނޭ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގު އިއްތިފާޤުން މައްސަލަ ނިންމީއެވެ.

23 ސެޕްޓެންބަރު 2019