ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2017)

November 8, 2017

ޝަކުވާ ނަންބަރު: CAC-12/2017

ޝަކުވާ ހުށަހެޅި ތާރީޙް: 18 ޖުލައި 2017

ހުލާސާ: މިއީ، ށ. މިލަންދޫ އައިލެންޑް ޕިކްޗަރސް އިން ށ. މިލަންދޫގައި ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބޭރު ޗެނަލްތަކަކީ، ޗެނަލްތަކުގެ ވެރިފަރާތުގެ ހުއްދަނެތި ދޫކުރާ ޗެނަލްތަކަކަށް ވުމާއެކު އެކަން ބަލާދިނުމަށާއި، ށ. މިލަންދޫ އައިލެންޑް ޕިކްޗަރސް އިން އެއް ޗެނަލް ށ. މިލަންދޫއަށް ބްރޯޑްކާސްޓްކުރާތީ، އެމީހުން އެކަން ކުރަނީ ހުއްދަ ނަގައިގެންތޯ ބަލާ ދެއްވުމަށް އަދި ބައެއް ޗެނަލްތަކުގެ މައްޗަށް އެމީހުން ބޭނުންވާ ލިޔުންތައް އަރުވަނީ ވިޔަފާރި އުސޫލުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ށ. މިލަންދޫ / އައިލެންޑް ޕިކްޗަރސް އިން ށ. މިލަންދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ސާބިތު ހެއްކެއް ކޮމިޝަނުން ކުރި ތަހުޤީޤަށް ލިބިފައި ނުވާތީ، މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ.

01 ނޮވެންބަރު 2017