ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-125/2013)

November 13, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-125/2013)

ޝަކުވާ ނަމްބަރު: CAC-125/2013

ޝަކުވާ ހުށެހެޅި ތާރީޙް: 20  އޮގަސްޓް 2013

ހުލާސާ:  މިއީ، މިނިވަން97 ރޭޑިއޯއިން 20 އޮގަސްޓް 2013 ގެ ހެދުނު 8:55 އިން ފެށިގެން ގެނެސްދިން ކޮންޓެންޓްގައި އެކި ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޤީޤަތާ ޚިލާފަށް ވާހަކަ ދައްކައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަގު ވެއްޓޭގޮތަށް ހަޤީޤަތާ ޚިލާފަށް ވާހަކަ ދައްކައި ވަކި ފަރާތަކަށް ބުރަވެ ކޮންޓެންޓް ގެނެސްދިން ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، މައްސަލައާ ގުޅުންހުރި ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ.

13 ނޮވެމްބަރ 2013