ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-15/2017)

November 8, 2017

ޝަކުވާ ނަންބަރު: CAC-15/2017

ޝަކުވާ ހުށަހެޅި ތާރީޙް: 24 އޮގަސްޓް 2017

ހުލާސާ: މިއީ، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި އަދި އެ ކުންފުނިން ޚިދުމަތް ދޭ އެހެން ރަށްރަށުގައިވެސް “ބަޑީސް މީޑިއާ” ގެ ނަމުގައި އައިޕީޓީވީގެ ޚިދުމަތް ދެމުންދާކަމާއި، އެ ގޮތުގެ މަތިން މިވަގުތު ދިވެހި 5 (ފަހެއް) ޗެނަލްގެ އިތުރުން ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓް ކުރަމުންދާކަން ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ އައި.ޕީ.ޓީ.ވީގެ ޚިދުމަތަކީ އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތަކަށް ވުމާއިއެކު މިއީ، ޤާނޫނު ނަންބަރު  16/2010(ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތަކަށް ނުވާތީ، އަދި މި މިއްސަލައަކީ ކޮމިޝަންގެ އިޙްތިޞާޞުން ބޭރު މައްސަލައެއް ކަމުގައި ވާތީ، މިއީ، ކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

07 ނޮވެންބަރު 2017