ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2020)

December 13, 2021

ޝަކުވާ ނަމްބަރު: CAC-17/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ޤަވާއިދާ ޙިލާފަށް ނޯތް ޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ލައިސަންސް ނެތި އެއަރޓެލް ވީޑިއޯކޯން،ޑައިލޮގް އަދި އެނޫންވެސް އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް، ޑިޖިޓަލް ހެޑްއެންޑް މެދުވެރިކޮށްގެން ޅ.ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ނޯތް ޒޯން ޕްރައިވެޓް ލިމިޓެޑުން ޤަވާއިދާ ޚިލާފަށް ދެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ ކޮމިޝަންގެ ނަންބަރު CAC-17/2020 މައްސަލައިގެ، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މަރުހަލާގައި ވަނިކޮށް، ޝަކުވާ ހުށަހެޅިފަރާތުން މައްސަލަ އަނބުރާގެންދިއުމަށް އެދިފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގެ ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

______________________________

13 ޑިސެންބަރު 2021