ޝަކުވާ ނިންމި ގޮތުގެ ބަޔާން CAC-22/2020

October 26, 2020

ޝަކުވާ ނަމްބަރު: CAC-22/2020

ޝަކުވާ ހުށަހެޅި ތާރީޙް: 07 އެޕްރީލް 2020

ހުލާސާ: މިއީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައްތާފުޅު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާގެ އަރިހަށް ޒިއާރަތްކުރެއްވުމަށް އެދިވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ގޮތަށް އާއިލާގެ އަރިހަށް ޒިޔާރަތްކުރައްވާ ވަގުތު ހޭދަކުރެއްވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމުން ވެސް، އެކަން ޤަބޫލުފުޅު ނުކުރެއްވި ކަމަށް ބުނެ 06 އޭޕްރީލް 2020 ހޯމަ ދުވަހުގެ ރޭ 20:00 ގައި ގެނެސްދިން “60 މިނެޓް”ގައި ރާއްޖެ ޓީވީން ގެނެސްދީފައިވާ މައުލުމާތު ގެނެސްދީފައިވަނީ އެކަމުގެ މަޢުލޫމާތު ރަނގަޅަށް ސާފުކުރުމެއް ނެތި ޙަޤީޤަތާއި ޚިލާފަށްކަމަށް ބަޔާންކޮށް، މައްސަލަ ބަލައި ދިނުމަށް އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައްތާފުޅު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާގެ އަރިހަށް ޒިއާރަތްކުރެއްވުމަށް އެދިވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ގޮތަށް އާއިލާގެ އަރިހަށް ޒިޔާރަތްކުރައްވާ ވަގުތު ހޭދަކުރެއްވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމުން ވެސް، އެކަން ޤަބޫލުފުޅު ނުކުރެއްވި ކަމަށް ބުނެ 06 އޭޕްރީލް 2020 ހޯމަ ދުވަހުގެ ރޭ 20:00 ގައި ގެނެސްދިން “60 މިނެޓް” ޕްރޮގްރާމްގައި ރާއްޖެ ޓީވީން ގެނެސްދީފައިވާ މައުލޫމާތު ގެނެސްދީފައިވަނީ އެކަމުގެ މަޢުލޫމާތު ރަނގަޅަށް ސާފުކުރުމެއް ނެތި ޙަޤީޤަތާއި ޚިލާފަށްކަމަށް ބަޔާންކޮށް، މައްސަލަ ބަލައި ދިނުމަށް އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައިގެ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ނޫންކަން ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ؛

މި މައްސަލައާ ގުޅޭ ކޮންޓެންޓް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

14 އޮކްޓޯބަރ 2020