ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-7/2017)

December 26, 2017

ޝަކުވާ ނަންބަރު: CAC-7/2017

ޝަކުވާ ހުށަހެޅި ތާރީޙް: 19 އެޕްރީލް 2017

ހުލާސާ: މިއީ، ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

19 އޭޕްރީލް 2017 ގައި ކޮމިޝަނަށް ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން ކޮމިޝަނުން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބެލިއިރު؛

ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން، އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ދެ ފަހަރެއްގެ މަތިން ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިވާކަމާއި؛

ކޮމިޝަނަށް ލިބިފައިވާ ޝަކުވާއާ ގުޅޭގޮތުން ޖަވާބުދާރިވުމަށް ދަންނަވައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/162 (23 އެޕްރީލް 2017) ސިޓީއަށް ޖަވާބުދާރީވެ، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ފޮނުވި 10 ޖޫން 2017 ސިޓީގައި އެޗް.ޑީ ކޭބަލް (ހދ. ނޮޅިވަރަންފަރު) ގެ ފަރާތުން ދޭ ޚިދުމަތުގައި ޕޭ ޗެނަލްތަކުގެ ގޮތުގައި އެއަރޓެލް އަދި ޑިޝްޓީވީގެ އެއްވެސް ޗެނަލެއް ދޫނުކުރާ ކަމަށާއި، ރާއްޖޭގެ ޗެނަލްތައް ނޫން އިތުރު ޗެނަލެއް ވިޔަފާރި އުސޫލުން ދޫނުކުރާކަމަށް ބަޔާންކޮށްފައިވާކަމާއި؛

އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން، ހދ. ނޮޅިވަރަންފަރުގައި ދެމުންގެންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ކޮމިޝަނުން ފާސްކޮށްފައިވަނީ (ޓީ.ވީ.އެމް، ދި.ޓީވީ، ވީ.ޓީވީ، ޗެނަލް 13 އަދި ރާއްޖެ ޓީވީ) ބޭސިކް ޕެކޭޖްކަމާއި، ފާސްކޮށްފައިވާ އެ ޕެކޭޖްގެ އިތުރުން އެހެން ޗެނަލްތައް ދައްކާކަމުގެ މަޢުލޫމާތު ލިބިފައިވާކަން ބަޔާންކޮށް، ޖަވާބުދާރީވުމަށް ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/361 (11 އޮކްޓޫބަރު 2017) ސިޓީއަށް ޖަވާބުދާރީވެ، 25 އޮކްޓޫބަރު 2017 ގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި، ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ދޫކުރާ ޗެނަލްތަކަކީ ޕެކޭޖް ހަދައިގެން ޑީކޯޑަރ ބޭނުން ކޮށްގެންދޫކުރާ ޗެނަލްތަކެއް ނޫންކަމަށާއި، ޕެކޭޖްގެ ގޮތުގައި ދޫކުރަނީ ރާއްޖޭގެ ޗެނަލްތައް ކަމަށާއި، އެ ޕެކޭޖްގެ އަގަކީ މަހަކަށް -/150ރ (އެއް ސަތޭކަ ފަންސާސް ރުފިޔާ) ކަމަށް ބަޔާންކޮށްފައިވާކަމާއި؛

އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން 10 އޮކްޓޫބަރު 2017 ގައި ފޮނުވި ސިޓީއާއެކު ޕީ.އެސް.އެމްއާއެކު ވެފައިވާ ފަހުމުނާމާއެއް ހުށަހަޅައިފައިވާތީ، ޕީ.އެސް.އެމްގެ ޗެނަލްތައް ދެއްކުމަށް ލިބިފައިވާ ޗެނަލް ރައިޓްސް ލިޔުން ނުވަތަ އެއްބަސްވުން ފޮނުވައި ދިނުން އެދި އެޗް.ޑީ ކެބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/389   (1 ނޮވެންބަރު 2017) ސިޓީއާ ޙަވާލާދީ، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން 15 ނޮވެންބަރު 2017 ގައި ފޮނުވި ސިޓީގައި “…އެދިވަޑައިގެންފައިވާގޮތަށް ޕީ.އެސް.އެމް އިން މިކުންފުނީގެ ދަށުން ކޭބަލް ޓީވީގެ ޚިދުމަތް ދެމުންގެންދާ ރަށްތަކުގައި ދޫކުރާ ޗެނަލްތަކުގެ ރަޖިސްޓްރީ ޕީ.އެސް.އެމް އިން ލިބެން އަންނަނީ މިއަންނަ ޑިސެންބަރ މަހުގެ ތެރޭގައި ކަމަށް އެފަރާތުން ބުނެ ފައިވާތީވެ އަޅުގަނޑުމެންނަށް ޕީ.އެސް.އެމްގެ އަޕްލިންކް ދޫކުރެވެންދެން މިހާރު ކޭބަލް ޓީވީގެ ޚިދުމަތް ކުރިއަށް ގެންދާގޮތަށް ކުރިއައް ގެންދެވޭނެ ގޮތް ހައްދަވައިދެއްވުން އެދެމެވެ. ސަބަބަކައް ވަނީ އެޗް.ޑީ ކޭބަލް ގެ ޚިދުމަތް މެދުކެނޑިއްޖެ ނަމަ މިކުންފުންޏަށާ މިކުންފުނީގެ ކޭބަލް ޓީވީގެ ޚިދުމަތް ބޭނުންކުރައްވާ ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. ވީމާ ތިޔަފަރާތުން އަޅުގަނޑުމެންނަށް އިތުރު މުއްދަތެއް ދެއްވުން އެދި ދަންނަވަމެވެ” ކަމަށް ބަޔާންކޮށްފައިވާކަމާއި؛

އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަނުން 15 މާރިޗު 2015 ގައި ދޫކޮށްފައިވާ ރިބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން، ހދ. ނޮޅީވަރަންފަރުގައި ދެއްވާ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވާ ޕެކޭޖަކީ (ޓީ.ވީ.އެމް، ދި.ޓީވީ، ވީ.ޓީވީ، ޗެނަލް 13 އަދި ރާއްޖެ ޓީވީ) “ބޭސިކް ޕެކޭޖް” ކަން އެނގެން އޮތްކަމާއި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ފޮނުވި 10 ޖޫން 2017 ސިޓީގައި އެޗް.ޑީ ކޭބަލް (ހދ. ނޮޅިވަރަންފަރު) ގެ ފަރާތުން ދޭ ޚިދުމަތުގައި ޕޭ ޗެނަލްތަކުގެ ގޮތުގައި އެއަރޓެލް އަދި ޑިޝްޓީވީގެ އެއްވެސް ޗެނަލެއް ދޫނުކުރާ ކަމަށާއި، ރާއްޖޭގެ ޗެނަލްތައް ނޫން އިތުރު ޗެނަލެއް ވިޔަފާރި އުސޫލުން ދޫނުކުރާކަމަށް ބަޔާންކޮށްފައިވާކަމާއި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ފޮނުވި 10 ޖޫން 2017 ސިޓީގައި ހދ. ނޮޅިވަރަންފަރުގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ދޫކުރާ ޗެނަލް ތަކަކީ ޕެކޭޖް ހަދައިގެން ޑީކޯޑަރ ބޭނުން ކޮށްގެންދޫކުރާ ޗެނަލްތަކެއް ނޫންކަމަށާއި ޕެކޭޖެއް ގޮތުގައި ދޫކުރަނީ ރާއްޖޭގެ ޗެނަލްތައް ކަމަށާއި، މިޕެކޭޖަށް ނަގަމުންދަނީ މަހަކު ގެއަކުން -/150 ސަތޭކަފަންސާސް ރުފިޔާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް؛

އެޗް. ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން 10 އޮކްޓޫބަރު 2017 ގައި ފޮނުވި ސިޓީއާއެކު ޕީ.އެސް.އެމްއާއެކު ވެފައިވާ ފަހުމުނާމާއެއް ހުށަހަޅައިފައިވާތީއާ، އެޗް. ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން 10 އޮކްޓޫބަރު 2017 ގައި ފޮނުވި ސިޓީއާ ޙަވާލާދީ ޕީ.އެސް.އެމްގެ ޗެނަލްތައް ދެއްކުމަށް ލިބިފައިވާ ޗެނަލް ރައިޓްސް ލިޔުން ނުވަތަ އެއްބަސްވުން ފޮނުވައި ދިނުން އެދި އެޗް. ޑީ ކެބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/389 (1 ނޮވެންބަރު 2017) ސިޓީއާ ޙަވާލާދީ، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން 15 ނޮވެންބަރު 2017 ގައި ފޮނުވި ސިޓީގައި ޕީ.އެސް.އެމް އިން އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޭބަލް ޓީވީގެ ޚިދުމަތް ދެމުންގެންދާ ރަށްތަކުގައި ދޫކުރާ ޗެނަލްތަކުގެ ރަޖިސްޓްރީ ޕީ.އެސް.އެމް އިން ލިބެން އަންނަނީ ޑިސެންބަރު 2017 ގައި ކަމަށް އެ ފަރާތުން ބުނެފައިވާތީވެ، ޕީ.އެސް.އެމްގެ އަޕްލިންކް ދޫކުރެވެންދެން މިހާރު ކޭބަލް ޓީވީގެ ޚިދުމަތް ކުރިއަށް ގެންދާގޮތަށް ކުރިއައް ގެންދެވޭނެ ގޮތް ހައްދަވައިދެއްވުން އެދިފައިވުމުން، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުގެ ޖަވާބުތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާތީއާއި؛

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 268/427/2017/1 171-G1/427/2017/06 (27 ސެޕްޓެންބަރު 2017) ސިޓީއަށް ނަޒަރުކުރާއިރު، ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ގޮސް ބެލިބެލުމުން އެއަރޓެލް އަދި ޑިޝް ޓީވީގެ ލޭބަލް އެކުލެވޭ އެއްވެސް ރިސީވަރެއް ކޭބަލް ޓީވީ ޚިދުމަތް ދޭ ތަނުގައި ފެންނަން ނެތް ކަން ފާހަގަކުރައްވާފައިވާކަމާއި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ހދ. ނޮޅިވަރަންފަރުގައި 29 (ނަވާވީސް) ޗެނަލް ދޫކުރަމުންދާކަން ކަށަވަރުކޮށްދީފައިވާތީ؛

ރައިޓްސް ނެތް 25 (ފަންސަވީސް) ޗެނަލެއް ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން ޖުމުލަ 50,000ރ (ފަންސާސް ހާސް ރުފިޔާ) އިން އެޗް.ޑީ ޓީވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

15 މާރިޗު 2015 ގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ ޓީ.ވީ.އެމް، ދި.ޓީވީ، ވީ.ޓީވީ، ޗެނަލް 13 އަދި ރާއްޖެ ޓީވީ ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅުއްވާފައި ނުވާތީއާއި، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުން ފާސްކުރުމެއް ނެތި ޕެކޭޖު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާތީ -/2,000ރ (ދެ ހާސް ރުފިޔާ) އިން އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 52,000ރ (ފަންސާސް ދެ ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ، އެ ކަން ކޮމިޝަނަށް ހުށަހެޅުމަށް، އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން ޙަވާލާދޭ މާއްދާ ޖޫރިމަނާގެ ޢަދަދު
1. ޔެސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
2. ސަން ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
3. މުންނާރު ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
4. ސައުދީ ޤުރުއާން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
5. ސުންނަތް ނަބަވިއްޔާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
6. ޕީސް ޓީވީ އިންގްލިޝް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
7. އަލް ޖަޒީރާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
8. ސޮނީ މިކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
9. ސްޓަރ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
10. ކަލަރސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
11. ސްޓަރ ބާރަތް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
12. ޒީޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
13. ސޮނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
14. ސޮނީ މެކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
15. ސޮނީ މެކްސް 2 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
16. ސޮނީ ޕިކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
17. އެޗް.ބީ.އޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
18. ޑިޒްނީ ޖޫނިއަރ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
19. ނިކް ޖޫނިއަރ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
20. ބޭބީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
21. ކާރޓޫން ނެޓްވާރކް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
22. ސޮނީ ޓެން 2 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
23.  ސްޓަރ ސްޕޯޓްސް ސެލެކްޓް 1 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
24. ސޮނީ އީ.އެސް.ޕީ.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
25. ސޮނީ ސިކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   52,000ރ (ފަންސާސް ދެ ހާސް ރުފިޔާ)

19 ޑިސެންބަރު 2017