ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-9/2013)

May 21, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-9/2013)

ޝަކުވާ ނަމްބަރު: CAC-9/2013

ޝަކުވާ ހުށެހެޅި ތާރީޙް: 28 ފެބްރުއަރީ 2013

ހުލާސާ:  22 ފެބްރުއަރީ 2013ވީ ހުކުރުދުވަހުގެ ރޭ ރާއްޖެ ޓީވީގެ ތިރީ ބާއަށް ޕިޕީއެމް މީހުން އެމްޑީޕީ މީހުން މަރަން ގޮވިކަމަށް ބުނެ ކަނޑައެޅިގެން ދޮގު ޚަބަރު ފޮނުވާފައިވާކަމަށް ބުނެ ހުށަހެޅުން.

ނިންމި ގޮތް:  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1)، ފަސްވަނަ ހަމައިގެ (1)  އަދި (2)  އާ ރާއްޖެ ޓީވީން ޚިލާފުވެފައި ވާކަމަށް ކަނޑައަޅައި، ރާއްޖެޓީވީއާ ގުޅޭގޮތުން އެކި ފަހަރުމަތިން ހުށަހެޅިފައިވާ މައްސަލަތަކުގައި ވެސް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެކި މާއްދާތަކާ ތަކުރާރުކޮށް ޚިލާފްވެފައިވާކަން ފާހަގަކުރެވޭ ހިނދު، އަދި މިކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްނުވުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، ރާއްޖެ ޓެެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އިންޒާރު ދިނުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

21 މެއި 2013