ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-94/2016)

June 13, 2017

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-94/2016)

ޝަކުވާ ނަމްބަރު: CAC-94/2016

ޝަކުވާ ހުށެހެޅި ތާރީޙް: 06 ނޮވެންބަރު 2016

ހުލާސާ: މިއީ، ހއ. ހޯރަފުށީގައި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޗެނަލް ވެރިފަރާތުގެ ހުއްދަ ނެތް ޗެނަލްތަކެއް ދައްކަމުން ދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 06 ނޮވެންބަރު 2016ގައި ކޮމިޝަނަށް ހުށަހެޅިގެން ކޮމިޝަނުން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށްް ބަލާއިރު، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ހޯރަފުށީގައި ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި އެކިފަހަރު އެކިޗެނަލްތައް ހިމަނައިގެން ޚިދުމަތް ދޭކަން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ކަށަވަރުކޮށްދީފައި ވާތީ، ޕެކޭޖްތަކުގައި ހިމަނާފައިވާ ޗެނަލް ތަކުގެ ލިސްޓަށް އުނި އިތުރެއް ގެންނަ ނަމަ އެކަން ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ކޮމިޝަނަށް ހުށަހެޅުމަށް އެންގުމަށާއި،
ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޗެނަލް ލިސްޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤަށް ފޯރުކޮށްދިން މަޢުލޫމާތަށް ރިއާޔަތްކޮށް، ހއ. ހޯރަފުށީގައި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ކޭބަލްޓީވީގެ ޚިދުމަތުގައި ހިމެނޭ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިފައިވާކަން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން މި ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާތީއާއި، ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ 12 ޗެނަލެއް ބިޒްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ހޯރަފުށީގައި ދޭ ޚިދުމަތުގައި ހިމަނާފައިވާކަން އެނގެން އޮތަތީ، ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ނަންބަރު (2012/R-20)ގެ 18ވަނަ މާއްދާއާ ޚިލާފަށް ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކޮށްފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް -/2000 ރުފިޔާ އިން ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާތީ، ތިރީގައި ހިމަނާފައިވާ ލިސްޓްގައިވާ ގޮތަށް ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން 30 ދުވަސް ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން އަދި ޖޫރިމަނާގެ ޢަދަދު

1. ބީ.ފޯ.ޔޫ މޫވީޒް -/2000ރުފިޔާ
2. ސައުދީ ޤުރުއާން -/2000ރުފިޔާ
3. ޒީޓީވީ -/2000ރުފިޔާ
4. ސޫރިޔާ -/2000ރުފިޔާ
5. އެޗް.އޯ.ބީ -/2000ރުފިޔާ
6. ސޮނީ މެކްސް -/2000ރުފިޔާ
7. ސޮނީ ޕިކްސް -/2000ރުފިޔާ
8. ބީ.ފޯ.ޔޫ މިޔުޒިކް -/2000ރުފިޔާ
9. ޓެން 3 -/2000ރުފިޔާ
10. ޓެން 1 -/2000ރުފިޔާ
11. ސަހާރާ ވަން -/2000ރުފިޔާ
12. ފްރާންގް -/2000ރުފިޔާ

ޖުމްލަ -/24000ރުފިޔާ

13 ޖޫން 2017