ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-52/2012)

April 2, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-52/2012)

ޝަކުވާ ނަމްބަރު: CADRC-52/2012

ޝަކުވާ ހުށެހެޅި ތާރީޙް: 01 ސެޕްޓެމްބަރ 2012

ހުލާސާ: 30 އޯގަސްޓް 2012ދުވަހުގެ ރޭ ދަންވަރު 01:27ގައި ރާއްޖެ ޓީވީގެ ޓްރާންސްމިޝަން މެދުކަނޑާލަމުން ޕްރެޒެންޓަރު މަރިޔަމް ދާނިޝް އެ ސްޓޭޝަނުން ކުރިއަށް ގެންދާ ލައިވް ކަވަރޭޖް މެދުކަނޑާލުމަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެހެން ކަމުން ލައިވް ކަވަރޭޖް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުން.

ނިންމި ގޮތް: 2012 އޯގަސްޓް 30ވަނަ ދުވަހުގެ ރޭ 1:22:18ން 1:23:41އަށް ރާއްޖެ ޓީވީގެ ޕްރެޒެންޓަރު މަރިޔަމް ދާނިޝް ޓްރާންސްމިޝަން މެދުކަނޑާލަމުން އެ ސްޓޭޝަނުން ކުރިއަށް ގެންދާ ލައިވް ކަވަރޭޖް މެދުކަނޑާލުމަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެހެން ކަމުން ލައިވް ކަވަރޭޖް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވާ ކަމާއި ހަމަ އެރޭ 1:00 ގައި ރާއްޖެޓީވީގެ ކްރޫއާ ފޯނުން ގުޅާ ހޯދި މަޢުލޫމާތު ބްރޯޑްކާސްޓްކޮށްފައިވާ އިރު ފުލުހުން ރާއްޖެޓީވީގެ ކްރޫ މުޒާހިރާގެ ބައިވެރީންގެ ތެރެއަށް ފަހަތަށް ޖައްސާފައި މުޒާހަރާގެ ތެރެއަށް ނުކުމެ ވީޑިއޯ ނުކުރެވޭނޭކަމަށް އޮންއެއަރގައި ބުނެފައިވުމާއި، ލައިވް ކަވަރޭޖް މެދުކަނޑާލުމަށް ފުލުހުންގެ އެއްވެސް ފަރާތަކުން އިންޒާރު ދީފައިނުވާނޭ ކަމުގެ އެއްވެސް ހެއްކެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހަޅާފައި ނުވާތީ، ރާއްޖެޓީވީ އިން ފަތުރާފައިވަނީ ދޮގު މައުލޫމާތު ތަކެއްކަމަށް ސާބިތު ކުރެވެން ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން ނިންމީއެވެ.

02 އޭޕްރީލް 2013