ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-53/2012)

January 17, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-53/2012)

ޝަކުވާ ނަމްބަރު: CADRC-53/2012

ޝަކުވާ ހުށެހެޅި ތާރީޙް: 1 ސެޕްޓެމްބަރ 2012

ހުލާސާ: 2012 އޮގަސްޓް 30 ގައި ފޮނުވި އެކި ޕްރޮގްރާމްތަކުގައި ރާއްޖެ ޓީވީން ކެނޑިނޭޅި ގެނެސްދެމުންދިޔަ ކޮންޓެންޓްގައި ރައްޔިތުން ބައިބައި ކުރުމާއި ރައްޔިތުންގެ މެދުގައި ފުލުހުންނާއި މެދު ނަފްރަތު އުފައްދައި ފުލުހުންނާއި ބެހޭގޮތުން ދޮގުވާހަކަތަކާއި ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާ މެދު ފުރައްސާރަ ކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމިގޮތް:މި މައްސަލައާ ގުޅޭ ކޮންޓެންޓަކީ ވެސް އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އަގު ވެއްޓި އަދި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ނަފްރަތު އުފެދޭ ފަދަ ކޮންޓެންޓެއް ކަމަށް ކަނޑައަޅައި؛

މި މައްސަލައާ ގުޅުންހުރި ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕެކްޓިސްއާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 3ގެ ދަށުން، ރާއްޖެޓީވީއިން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 22 ޖެނުއަރީ 2013ވާ އަންގާރަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ރާއްޖެ ޓީވީއިން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކަމެއް ތަކުރާރު ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގައި ޒިންމާދާރުކަމާއެކު ރިޕޯޓްކުރުމަށާއި ލައިވް ކޮންޓެންޓް ގެނެސް ދިނުމުގައި ސްޓޭޝަންގެ ކޮންޓްރޯލް އޮންނާނޭ ފަދަ ގޮތަކަށް ބްރޯޑްކާސްޓް ކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އަންގަން މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

17 ޖެނުއަރީ 2013