މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

May 2, 2021

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2021/8

 

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

1 މެއި 2021ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމެއް ކަވަރުކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް، އެ ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް ބައެއް ފުލުހުން މަސައްކަތްކުރިކަމުގެ ޝަކުވާ މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

އެގޮތުން އެއްވުން ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހަކު ނޫސްވެރިއަކާ މުޚާތަބުކޮށް އަދަބާ ޚިލާފު ބަހުރުވަ ބޭނުން ކުރިކަމުގެ ޝަކުވާ ވަނީ ލިބިފައެވެ. އަދި އެކަމަކީ އެއްވެސް ހާލެއްގައި މިކޮމިޝަނަށް ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމުގައި ދަންނަވަމެވެ.

ކޮމިޝަންގެ ފަރާތުން ފުލުހުންނަށް އިލްތިމާސްކުރަނީ، އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މީގެ އިތުރަށް، އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.

2 މެއި 2021