ރީބްރޯޑްކާސްޓްކުރާ ޗެނެލްތަކުގެ ރައިޓްސް ހޯދުމުގައި ޤަވާއިދާ އެއްގޮތަށް ނޮން-އެކްސްކްލޫސިވް އެއްބަސްވުން ހެދުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

May 11, 2017

ރީބްރޯޑްކާސްޓްކުރާ ޗެނެލްތަކުގެ ރައިޓްސް ހޯދުމުގައި ޗެނެލްތަކުގެ ވެރިފަރާތާއެކު އެއްބަސްވާ އެއްބަސްވުމުގައި ޤަވާއިދުގައިވާ ގޮތުގެ މަތީން ނޮން-އެކްސްކްލޫސިވް އެއްބަސްވުން ހެދުމަށް ރީބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ތިރީގައި މިވަނީ ކޮމިޝަނުން މިއަދު ނެރެފައިވާ ސާރްކިއުލާއެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 18ވަނަ މާއްދާގައި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނެލެއް ފޮނުވަންވާނީ ޗެނެލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.” މިހެން ބަޔާންކޮށްފައިވީ ނަމަވެސް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ބައެއް ފަރާތްތަކުން ރީބްރޯޑްކާސްޓްކުރާ ބައެއް ޗެނެލްތަކުގެ ވެރިފަރާތާއެކު އެކްސްކްލޫސިވްކޮށް އެއްބަސްވުން ހަދާފައިވާކަމުގެ މައުލޫމާތު މި ކޮމިޝަނަށް ލިބެމުން ދެއެވެ.

ވުމާއެކު ޗެނެލްތަކުގެ ވެރިފަރާތްތަކާއެކު ރީބްރޯޑްކާސްޓިންގ ރައިޓްސް ހޯދުމުގެ އެއްބަސްވުން ހަދާއިރު، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތުގެ މަތީން އަމަލުކުރުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.