ޕަބްލިކް ސަރވިސް މީޑިއާގެ މީޑިއާ އިންސްޓިޓިއުޓާ ގުޅިގެން ކުރިއަށްގެންދާ ބްރޯޑްކާސްޓަރުންގެ ތަމްރީނު ޕްރޮގްރާމްތައް

April 26, 2017

                                                                           ނަންބަރު: 427-PPR/CIR/2017/6

                                             ސަރކިއުލަރ

 

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ކުރިއަރުވާ ހަރުދަނާކުރުމަށްޓަކައި އެ ދާއިރާގައި އުޅެމުންދާ ފަރާތްތަކަށް އެކިއެކި ތަމްރީން ފުރުޞަތުތައް ހޯދައިދީ މި ދާއިރާގެ މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ކޮމިޝަނުގެ ވަރަށް މުޙިއްމު މަޞްއޫލިއްޔަތެއްކަމުގައި ޤަބޫލުކުރެމެވެ. މިގޮތުން، ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް އެކިއެކި ތަމްރީނުގެ ފުރުޞަތުތައް ފަޞޭހަގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މި ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާގެ މީޑިއާ އިންސްޓިޓިއުޓާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

އެހެންކަމުން، މީޑިއާ އިންސްޓިޓިއުޓުން 2017 ވަނަ އަހަރުގައި ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް ތިޔަ ބްރޯޑްކާސްޓަރުންނާ މަޢުލޫމާތަށްޓަކައި ޙިއްޞާކުރަމެވެ. މި ތަމްރީން ޕްރޮގްރާމުގައި ތިޔަ ސްޓޭޝަން ފަރާތުން ބައިވެރިވުމަށް ޝައުޤުވެރިވެލައްވާނަމަ ބައިވެރިވާން އެދޭ ތަމްރީން ޕްރޮގްރާމާއި ބައިވެރިވާ ބޭފުޅުންގެ މަޢުލޫމާތު މި ކޮމިޝަނަށް ފޮނުއްވައި ދިނުމަށް އެދެމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3334328 އާ ގުޅުއްވުން އެދެމެވެ.

 

 26 އެޕްރީލް 2017