މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން  

September 20, 2021

 

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2021/12.

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

19 ސެޕްޓެމްބަރ 2021ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމެއް ކަވަރުކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާވެ، ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅޭގޮތަށް ބައެއް ފުލުހުން މަސައްކަތްކުރިކަމުގެ ޝަކުވާ މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް އިލްތިމާސްކުރަމެވެ.

އަދި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން، މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ.

 20 ސެޕްޓެމްބަރ 2021