މަޖްލިސް އިންތިޚާބުގައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށް ވަގުތު ވިއްކުން ނުވަތަ ދިނުމާ ބެހޭ

March 6, 2019

ސަރކިއުލަރ

ނަންބަރު: 427-PPR/CIR/2019/5

މަޖްލިސް އިންތިޚާބުގައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށް ވަގުތު ވިއްކުން ނުވަތަ ދިނުމާ ބެހޭ

 

25 ފެބުރުވަރީ 2019 ގައި ގެޒެޓްކޮށްފައިވާ ‘ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު’ ގެ
2 ވަނަ މާއްދާ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކެންޑިޑޭޓުންނަށް ހިލޭ ދޭ ވަގުތާއި ވިއްކާ ވަގުތާއި ވިއްކާ އަގުތައް އެނގޭނެހެން އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ކޮމިޝަނުން ކަނޑައަޅާ ފޯމެޓެއްގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އަދި، ބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ޝެޑިއުލުން ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ޚާއްޞަކުރި ވަގުތު ދީ ނުވަތަ ވިއްކި ގޮތުގެ ރިޕޯޓް، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުން، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި މި ވަގުތު ޚާއްޞަކުރިގޮތުގެ ފުރިހަމަ ރިޕޯޓެއް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

ވީމާ، 4 މާރިޗު 2019 ގައި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާތީ، ހުރިހާ ބްރޯޑްކާސްޓަރުން ވެސް މިކަމަށް ސަމާލުކަން ދެއްވާ އުޞޫލުގައި ކަނޑައަޅާފައިވާ ގަޑީގައި ޕްރޮގްރާމް ޝެޑިއުލް ހުށަހެޅުމަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.

 

06 މާރިޗު 2019