ރީބްރޯޑްކާސްޓަރުން، ޗެނަލްތައް ގިންތިކުރުމާއި ގުޅޭގޮތުން

September 12, 2021

ސަރކިއުލަރ

ނަންބަރު: 427-LCM/CIR/2021/11

ރީބްރޯޑްކާސްޓަރުން، ޗެނަލްތައް ގިންތިކުރުމާއި ގުޅޭގޮތުން

 

ގަވާއިދު ނަންބަރު:  2019/R-179(ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 33 ވަނަ މާއްދާގެ (ހ) ގައި “ކޮންވެޝަނަލް ރީބްރޯޑްކާސްޓްކުރާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށް ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއްކަމުގައި ވާންވާނެއެވެ.” މި ފަދައިން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޗެނަލްތައް ގިންތިކުރުމާއި ނުލާ ޚިދުމަތް ފޯރުކޮށްދެމުންދާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، މި އަދުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޗެނަލްތައް ކަމާބެހޭ އިދާރާއިން (ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން) އިން ގިންތިކޮށް، އެކަން ކޮމިޝަނަށް އެންގުމަށް ދަންނަވަމެވެ.

13 ސެޕްޓެމްބަރ 2021