ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އިތުރަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

March 21, 2021

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2021/7

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އިތުރަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

 

ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި ޒިންމާދާރު، ހަމަހަމަ، ނޫސްވެރިކަމެއް ކުރުމުގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

މީގެއިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރު، ހަމަނުޖެހުންތަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމުގެ އިތުރުން، ކޮމިޝަނުން އެކުލަވާލާފައިވާ “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ ހަމަތަކާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.

 

  21 މާރިޗު 2021