ސަރކިއުލަރ – ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ދެނެގަތުން

April 14, 2020

 

ސަރކިއުލަރ

ނަންބަރު:427LCM/CIR/2020/10

ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ދެނެގަތުން

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އަޅާފައިވާ ޞިއްޙީ ރައްކައުތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކަށާއި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ދިމާވެދާނޭ ދަތިތަކާއި މާލީ ނުތަނަވަސްކަމަށް ކޮންމެވެސް ލުއިކަމެއް ގެނައުމަށް މި ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރެވިދާނޭ ކަންކަން ބެލުމުގެ ގޮތުން،  ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް މިހާރު މެދުވެރިވެފައިވާ ޙާލަތު ދެނެގަތުމަށް ކޮމިޝަނުން ބޭނުންވެއެވެ.

ވީމާ، މިހާރު ޚިދުމަތް ދެމުންދާ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ތެރެއިން، އެއްވެސް ފަރާތަކަށް އެ ފަރާތަކުން ފޯރުވައިދޭ ޚިދުމަތް ދިނުމުގައި ކޮވިޑް-19 އާ ގުޅިގެން ދިމާވެފައި މިވާ ޙާލަތުގެ ސަބަބުން އެއްވެސް ދައްޗެއް ނުވަތަ މާލީ ނުތަވަސްކަމެއް ދިމާވެފައިވާނަމަ، މި ސަކިއުލަރއާ އެކުގައިވާ “ކޮވިޑް-19 އާ ގުޅިގެން ޙާލަތު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ފޯމު” ފުރިހަމަކުރެއްވުމަށްފަހު ކޮމިޝަނުގެ އީ-މެއިލް info@broadcom.org.mv އަށް، 21 އޭޕްރިލް 2020 ގެ ކުރިން ފޮނުއްވުން އެދެމެވެ.

14 އޭޕްރިލް 2020