މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓް ޢާންމުކޮށްފި

October 3, 2019

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓު، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނުން ޢާންމުކޮށްފިއެވެ.

މިއަދު ޢާންމުކުރި، “ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓް”ގައި ހިމެނެނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ބްރޯޑްކާސްޓިންގ ސްޓޭޝަން ތަކުން ޚިލާފުވި ކަމަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ޚިލާފުވެފައިވާ މިންވަރާއި އެހަމަތަކާ ޚިލާފުވެފައިވާ ސްޓޭޝަންތަކުގެ މައުލޫމާތެވެ.