ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

July 18, 2018

                     އިޢުލާން           

   ނަންބަރު: (IUL)427-OPR/1/2018/6      

ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޮގަސްޓް 2018  އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 24 ޖުލައި 2018 ވާ (އަންގާރަ) ދުވަހުގެ 14:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ  ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް މެޑިކަލް އިންޝިއުރެންސްގެ  ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު:

ކޮމިޝަން މެމްބަރުންގެ އަދަދު: 7

ޑިޕެންޑެންޓުންގެ އަދަދު: 13

 

 ޕްރޮޕޯސަލްގައި ހިމަނަންޖެހޭ

  1. ކުންފުނީގެ ޕްރޮފައިލް:
  2. އިންޝުއަރެންސް ކަވަރކުރާ އޮތޯރައިޒްސްޑް މެޑިކަލް ސެންޓަރުތަކުގެ މައުލޫމާތު:

ހ. ދިވެހިރާއްޖޭގެ

ށ. ބައިނަލްއަޤުވާމީ

 

  1. 3. ބެނިފިޓްސް:

ބެނިފިޓްސް  ތަކުގެ ތަފްސީލް، ފޯރުކޮށް ދެވެންއޮތް އެންމެ ފުޅާމިނަކަށް ( ހޮސްޕިޓަލް ބެނިފިޓްސް، ސަރޖިކަލް ބެނިފިޓްސް، އައުޓް ޕޭޝަންޓް ބެނިފިޓްސް )

ހ. އެޔަރ ފެޔަރ

ށ. މެޑިކަލް ޗެކްއަޕް  ( އަހަރަކަށް  މެޑިކަލް ޗެކްއަޕްސް ކުރެވޭނެ އަދަދާއި އަދި ދިވެހިރުފިޔާ އިން މެޑިކަލް ޗެކްއަޕްސްގެ އަގު އެނގޭނެހެން )

 

  1. 4. އެކްސްކުލޫޝަންސް:
  2. ކްލެއިމް ޕްރޮސީޖަރ:

    ކްލެއިމް ކުރުމުގެ ޕްރޮސީޖަރގެ ތަފްސީލް (ފައިސާނުލާ)

 

  1. 6. ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް:

ވަކިވަކިން ތަފްސީލްކޮށް ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް ބަޔާންކުރުން.

 

  1. 7. ޖިއޮގްރެފިކަލް ލިމިޓޭޝަންސް:

އިންޝުއަރެންސް ކަވަރ ކުރެވޭ ގައުމުތަކުގެ ނަމާއި ކުރެވޭނެ ސިއްހީ ޚިދުމަތްތަކުގެ ތަފްސީލް.

  1. ކޯ-އިންޝުއަރެންސް:

ކޯ-އިންޝުއަރެންސް ކުރެވޭނެތޯ؟

  1. އިތުރު އެހެނިހެން ބެނިފިޓްސްތަށް:
  2. ޕްރިމިއަމް ޕަރ ޕާރސަން:

 

ޕްއިންޓްސް ދެވޭނެ އުސޫލު

  1. ބެނިފިޓްސް (އެޔަރފެޔަރ / މެޑިކަލް ޗެކްއަޕްސް އަދި އަގު)
  2. ކްލެއިމް ޕްރޮސީޖަރ
  3. ޖިއޮގްރެފިކަލް ލިމިޓޭޝަންސް
  4. އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ތަޖުރިބާ

 

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

                                03 ދުލްޤައިދާ 1439

                                17  ޖުލައި   2018