ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން (އައިލެންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް)

April 1, 2021

އިޢުލާން

ނަންބަރު:  (IUL)427-LCM/427/2021/2

    ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން

 

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު 2019-R-154 ގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ފަރާތަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

  1. ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތް: އައިލެންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް
  2. ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ޗެނަލް: އައިސް ސްޕޯޓްސް
  3. ލައިސަންސްގެ ބާވަތް: ޓީވީ
  4. ބްރޯޑްކާސްޓްކުރާ ސަރަޙައްދު: މުޅިރާއްޖެ
  5. ލައިސަންސް ދޫކޮށްފައިވާ ތާރީޚް:01 އޭޕްރީލް 2021
  6. ލައިސަންސްގެ މުއްދަތު ހަމަވާ ތާރީޚް:31 މާރިޗް 2031
  7. ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ބޯޑު މެމްބަރުން:
  • އަލްފާޟިލާ ޝިރުމީނާ އަޙްމަދު ގ. އާސާނީ/ ކ،މާލެ
  • އަލްފާޟިލާ މާނާ ރާފިއު މ.ކުރެދިގެ/ ކ،މާލެ
  • އަލްފާޟިލާ ހައްވާ ޒާހިރާ މއ.އެވަރބްރައިޓް/ކ،މާލެ
  • އަލްފާޟިލާ އަންވަރީ އަޙްމަދު މ.ރަންފަސް/ ކ،މާލެ
  • އަލްފާޟިލާ އަމީނާ މުޙައްމަދު މ.ލައިނޫފަރުގެ/ ކ،މާލެ

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

01 އޭޕްރީލް 2021