ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2014)

March 19, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2014)

ޝަކުވާ ނަމްބަރު: IMCAC-3/2014

ޝަކުވާ ހުށެހެޅި ތާރީޙް: 17 ފެބްރުވަރީ 2014

ހުލާސާ: މިއީ، އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކުރި ކަމަށް ބުނެ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދި.އެފް.އެމް ޕްލަސް އިން ކޮންޓެންޓް ގެނެސްދީފައިވަނީ އެ ފަރާތުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކުރިންވެސް ނިންމާފައި އޮތްކަމަކަށް ވާތި އާއި މިކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 3ގެ ދަށުން މިކަމަށް މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި 26 މާރިޗް 2014ވާ ބުދަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ދިއެފްއެމް ޕްލަސް އިން މި ބަޔާން ޢާންމުކުރުމަށާއި، މިފަދަކަމެއް ތަކުރާރު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 1ގެ ދަށުން ނަސޭހަތްތެރިވެ އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

19 މާރިޗް 2014