ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2014)

April 1, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2014)

ޝަކުވާ ނަމްބަރު: IMCAC-4/2014

ޝަކުވާ ހުށެހެޅި ތާރީޙް: 17 ފެބްރުވަރީ 2014

ހުލާސާ: މިއީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދި. އެފް.އެމް ޕްލަސް ބްރޯޑްކާސްޓްކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން 12 ފެބްރުއަރީ 2014 ގައި ދިއެފްއެމް ޕްލަސްއިން ކޮންޓެންޓް ގެނެސްދީފައިވަނީ އެ ފަރާތްތަކުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކުރިންވެސް ނިންމާފައި އޮތްކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ނުވުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިންޒާރު ދިނުމަށާއި، ކޮމިޝަންގެ އެންގުންތައް ތަންފީޒުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، އެ ފަރާތަށް ހަނދާންކޮށްދިނުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

01 އެޕްރީލް 2014