ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-05/2014)

April 15, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-05/2014)

ޝަކުވާ ނަމްބަރު: IMCAC-5/2014

ޝަކުވާ ހުށަހެޅި ތާރީޙް: 26 ފެބްރުވަރީ 2014

ހުލާސާ: މިއީ، ދި އެފް.އެމް.ޕްލަސް އިން 23، 24 އަދި 25 ފެބްރުއަރީ 2014ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 23، 24 އަދި 25 ފެބްރުއަރީ 2014ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅު ކޮޅުން ޖަހައިގެން ދިއެފް.އެމް ޕްލަސްއިން ބްރޯޑްކާސްޓްކޮށްފައިވަނީ އެ ފަރާތްތަކުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކުރިންވެސް ނިންމާފައި އޮތްކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ނުގެނެސް އެކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ، މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

15އެޕްރީލް 2014