ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-09/2018)

July 3, 2018

ޝަކުވާ ނަމްބަރު: IMCAC-09/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޭޕްރީލް 2018

ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ކ. ތުލުސްދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ކ. ތުލުސްދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަކީ           ކ. ތުލުސްދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ފަރާތެއް ނޫންކަމަށާއި، އެ ކުންފުނިން ކ. ތުލުސްދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމުގައި ބަޔާންކޮށްފައިވާތީ އާއި؛

ކ. ތުލުސްދޫގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަމަށް މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާތީ އާއި؛

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކ. ތުލުސްދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގެން އޮތަތީ އާއި، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

03 ޖުލައި 2018