ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-10/2018)

July 25, 2018

ޝަކުވާ ނަމްބަރު: IMCAC-10/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޭޕްރީލް 2018

ހުލާސާ: މިއީ، ކޮކްސް ޕްރައިވެޓް ލިމިޓެޑުން ކ. ތުލުސްދޫގައި ލައިސަންސެއް ނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ކޮއިކްސް ޕްރައިވެޓް ލިމިޓެޑުން ކ. ތުލުސްދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން،

ޤާނޫނީ ހަމަތަކުގެ މަތީން ތަޙުޤީޤުގެ އެންމެހާ އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި މައްސަލަ ރައްދުވާ ފަރާތުގެ ނަމަކީ ކޮކްސް ޕްރައިވެޓް ލިމިޓެޑްކަމަށާއި، އެފަރާތުން ކ. ތުލުސްދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަމަށް މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއިންނާއި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާތީ އާއި؛

ކޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކ. ތުލުސްދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަމަށް  ވުމާއިއެކު، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، އަދި މި މައްސަލައަކީ ކޮމިޝަންގެ އިޙްތިޞާޞުން ބޭރު މައްސަލައެއް ކަމުގައި ވާތީ، މިއީ، ކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

25 ޖުލައި 2018