ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-11/2013)

October 28, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-11/2013)

ޝަކުވާ ނަމްބަރު: IM/CAC-11/2013

ޝަކުވާ ހުށެހެޅި ތާރީޙް: 26 ސެޕްޓެމްބަރ 2013

ހުލާސާ:  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ފޮޓޯ ބްރޯޑްކާސްޓްކުރަނީ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެކަން ބެލުމަށް އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މައްސަލައާ ގުޅުންހުރި ކޮންޓެންޓް ވީ.ޓީ.ވީން ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

28 އޮކްޓޯބަރ 2013