ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-11/2018)

July 23, 2018

ޝަކުވާ ނަމްބަރު: IMCAC-11/2018

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޭޕްރީލް 2018

ހުލާސާ: މިއީ، އަޙްމަދު ޝަމްޙޫޒު، ކުދިމާގެ/ އއ. ފެރިދޫ އާއި އަޙްމަދު މުޙައްމަދު، ބަގީޗާގެ/ ޅ. ހިންނަވަރު، ގުޅިގެން އއ. ފެރިދޫގައި ލައިސަންސް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އަޙްމަދު ޝަމްޙޫޒު (ކުދިމާގެ/ އއ. ފެރިދޫ) އާއި އަޙްމަދު މުޙައްމަދު (ބަގީޗާގެ/ ޅ. ހިންނަވަރު) ގުޅިގެން އއ. ފެރިދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، މި ދެ ފަރާތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދު ފޮނުވި ސިޓީއާއެކު، ހިމަނާފައިވާ މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ސިޓީގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް އއ. ފެރިދޫގައި ދިނުމަށް މީޑިއާނެޓާއި އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދުއާއެކު ލައިސަންސް އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާކަމާއި، އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދު އަދި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަކީ ބިޒްނަސް ޕާރޓްނަރުންކަމުގައި ބަޔާންކޮށްފައިވާތީ އާއި؛

އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދު، ގުޅިގެން އއ. ފެރިދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މީޑިއާނެޓާއި ގުޅިގެން މީޑިއާނެޓްގެ ޑީކޯޑަރ ބޭނުންކޮށްގެން ކަމަށް އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުން މައުލޫމާތު ދެއްވާފައިވާތީއާއި؛

މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދީފައިވާ ފަރާތެއް ކަމަށްވާތީއާ، މީޑިއާނެޓްގެ ހިޓްސް ޕެކޭޖަކީ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަކަށްވާތީ؛

އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދު ގުޅިގެން އއ. ފެރިދޫގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، އަޙްމަދު ޝަމްޙޫޒު އާއި އަޙްމަދު މުޙައްމަދު ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

18 ޖުލައި 2018