ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-13/2021)

December 5, 2022

ޝަކުވާ ނަމްބަރު: IMCAC-13/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކިހާ މޯލްޑިވްސް / ބ. ކިހާދުއްފަރު ރިސޯޓްގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލަމުންދާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކިހާ މޯލްޑިވްސް ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ  ޚިދުމަތް ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ 08 ޖޫން 2021 ގައި ބަލަންފެށި ކޮމިޝަނުގެ ނަންބަރު IMCAC-13/2021 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ކިހާ މޯލްޑިވްސް ރިސޯޓުގައި ދޭކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

5 ޑިސެންބަރު 2022