ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-14/2021)

December 5, 2022

ޝަކުވާ ނަމްބަރު: IMCAC-14/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް   ލިލީބީޗް ރިސޯޓް އެންޑް ސްޕަރ / އދ. ހުވަހެންދޫ ރިސޯޓްގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ލިލީބީޗް ރިސޯޓް އެންޑް ސްޕަރގައި ރީބްރޯޑްކާސްޓްކުރުމުގެ  ޚިދުމަތް   ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ 08 ޖޫން 2021 ގައި ބަލަންފެށި ކޮމިޝަނުގެ ނަންބަރު IMCAC-14/2021 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ލިލީބީޗް ރިސޯޓް އެންޑް ސްޕަރގައި ދޭކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

5 ޑިސެންބަރު 2022