ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-17/2017)

October 22, 2017

ޝަކުވާ ނަމްބަރު: IMCAC-17/2017

ޝަކުވާ ހުށެހެޅި ތާރީޙް: 28 އޮގަސްޓު 2017

ހުލާސާ: މިއީ، ވީޓީވީ އިން 24 އޮގަސްޓު 2017 ގެ ހަވީރު ގެނެސްދިން ‘އަވަސް ޚަބަރު’ ޕްރޮގްރާމުގައި ޤާސިމް އިބްރާހިމްގެ ފުރާނަފުޅު ގެއްލުވާލުމަށް ދައުލަތުން މަސައްކަތް ކުރާކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ އެސް.ޖީ ދެއްވާފައިވާ އިންޓަރވިއުގައި ކޯޓުތައް ކޮންޓްރޯލް ކުރަމުން ދަނީ ރައީސް ޔާމިންކަމާއި، އަނިޔާވެރިކޮށް ކަންކުރާކަމަށް ދައުލަތަށް ތުހުމަތުކޮށް ދައުލަތުން އެ މަނިކުފާނާ ދޭތެރޭ ދަށު ދަރަޖައިގެ ކަންތައް ކުރާ ކަމަށާއި ސިޔާސީ ވިސްނުންތަކުގައި ޙުކުމް ކުރަމުންދާ ކަމަށާއި ދިވެހިރައްޔިތުން މިކަންކަން ހުއްޓުވަން ޖެހޭކަމަށް ގޮވާލާފައިވާތީ، މި ކޮންޓެންޓަކީ ޤައުމުގެ އަމަން އަމާންކަމާއި ސިޔާދަތު ގެއްލޭފަދަ ކޮންޓެންޓެއްކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާ މައްސަލައެކެވެ.

ނިންމި ގޮތް: ވީޓީވީ އިން 24 އޮގަސްޓު 2017 ގެ ހަވީރު 15:21 ން 15:35 އަށް ގެނެސްދިން ‘އަވަސް ޚަބަރު’ ޕްރޮގްރާމްގައި ގެނެސްދިން ކަމަށް މައްސަލައިގެ ހުލާސާގައި ބަޔާންކޮށްފައިވާ ކޮންޓެންޓްގައި، ގައުމުގެ އަމަން އަމާންކަމާއި ސިޔާދަތު ގެއްލޭފަދަ ކޮންޓެންޓެއް ނެތް ކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

09 އޮކްޓޫބަރު 2017