ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-31/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-31/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

 ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ދިވެހި އެފް.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ “ދިވެހި އެފް.އެމް” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ  ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވާކަމާއި؛

ޕަބްލިކް ސަރވިސް މީޑިއާ އިން މައްސަލައަށް ޖަވާބުދާރީވެ ދީފައިވާ ބަޔާނަށް ނަޒަރުކުރާއިރު، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު އިއުލާނުކޮށްފައިނުވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ “ދިވެހި އެފް.އެމް” ޗެނަލް އަކީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ޗެނަލެއް ކަމުގައި ނުވާތީކަމަށް ބަޔާންކޮށްފައިވާތީ އާއި؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގައި “ބްރޯޑްކާސްޓަރު” މާނަކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން، ޚަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގާ ކަންކަމާބެހޭ މަޢުލޫމާތާއި ޕްރޮގްރާމު ބްރޯޑްކާސްޓްކުރާ ޗެނަލްތައް ހިމެނޭގޮތަށް ކަމުގައިވާތީ؛

ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ޕަބްލިކް ސަރވިސް މީޑިއާގެ “ދިވެހި އެފް.އެމް” ޗެނަލް އަކީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގައި ބަޔާންކޮށްފައިވާ “ބްރޯޑްކާސްޓަރު” ގެ މާނައިގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތަކަށް ނުވާތީ، މިއީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު”ގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

03 ސެޕްޓެންބަރު 2018